» , » ބ.އަތޮޅު މަދަރުސާގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުން

ބ.އަތޮޅު މަދަރުސާގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުން

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުން 

ބ.އަތޮޅު މަދަރުސާ / ބ.ދަރަވަންދޫ

18 އެޕްރީލް 2015

ރަސްމީ އިޙުތިފާލުގެ އައިޓަމްތައް
ޅެންބަހުން ހުށައެޅުމަށް ބޭނުންކުރި ޅެން ބައިތުތައް


ބައިތުތައް ހެދި ޝާޢިރު: ޢަބްދުﷲ މުޢާޛު ޔޫސުފް
ހުށަހަޅާދިނީ:         ސިމާދާ ގްރޭޑް 10
                 ޖަޝާމާ ގްރޭޑް 9

މަރުހަބާ ދެންނެވުން:

ބިސްމިއަށް ފަހު ޙަމްދުކޮށް ޞަލަވާތް ސަލާމުން ފައްޓަމޭ
         ބަސްދިވެހި ދުވަހުގެ މިއައި ވެދުމާ ތަހާނީ ފޮނުވަމޭ
ދެއްވެވީތީ އިސްކަމެއް މިރަށަށް ވަޑައިގެން އެކެޑަމީން
         ދެއްވި ޝަރަފަށް މަރުހަބާ ތަކުރާރުކޮށް ހަމަ ފޮނުވަމޭ
އެންމެހާ މެހެމާނުނަށް ހިފެހެއްޓުމެއްނެތި ފަށްފަށުން
         ދަންނަވާ ޝުކުރާ ސަނާ ބަރުތީލަކޮށް އަދު ފޮނުވަމޭ
ކެންދުއާ ދަރަވަންދުއާ އޮތްމަޢުނަވީ ގުޅުމުގެތެރޭން
        އޮންނަ ލޯތްބާ ހިތުގެޢުމުޤުން ހެޔޮ އެދުންތައް ފޮނުވަމޭ
ދިވެހިބަސް އާރޯވުމަށް އަދަބީ ޗަމަން ހެދި ބޮޑުވުމަށް                       
          ރިވެތިމާތައް ފޮޅުވުމަށް  މިކަހަލަ ދުވަސްތައް ބޭނުމޭ
ދަންބެރަށްވުރެ ތަގުޑިއަށް ދިގުވެއްޖެޔޭ ހީވާވަރުން
         ތަންދެމުން އޮތް ނަންބަރަށް މިވަގުތު އިހަށްކުރުކޮށްލަމޭ

ފުރަތަމަ އައިޓަމް:

ދުވަހުގެ މުނާސަބުގާވެޔޭ ގިނަގުނަ މުބާރާތް ބޭއްވިފާ
             އަވަހަށްހިގާ ވަނަތައް ބަލަން އެކަމެއް ލަހެއްނުކުރާނަމޭ
 ހަތަކުން މަތީގެ ކިލާސްތަކުން ކުރިހިތްވަރާ ފަންވަރުދެކެން
              މިތަނުން ނަތީޖާ އިއްވުމަށް ހުރަހެއް އަޅާކަށް ނޫޅެމޭ
ދެވަނަ އައިޓަމް:

ވާދަވެރި ތަމްސީލެކޭ ލަވައިން ކުޅެން ކުރިޔަށް އޮތީ
             ވާދަކުރުމަށް ތިންހައުސް ތައްޔާރުގާ އަބަދުމެ އޮތީ
ދެން އިމާދުއްދީނު ހައުސުން ގެންނަ ތަމްސީލޭ އޮތީ
             ފެންނަ މަންޒަރު ސިފަކުރާގޮތް ބައްލަވާށޭ ކުރިމަތީ

ތިންވަނަ އައިޓަމް:

ހަޔަކުން ދަށަށްވެޔެ ޚާއްޞަކޮށް ޙަރަކާތްތަކެއް ގިނަހިންގިފާ
              މިޔަދަަށްޓަކާ ވަނަތަށްވަނީ ސިއްރެއްގެ ގޮތުގާ ފޮރުވިފާ
އެހެނަސްނެތޭ ވަގުތެއް އިތުރު ސިއްރެއްގެ ގޮތުގާ އޮތުމަކަށް
              ޖެހެނީ ނަތީޖާ އިއްވުމަށް ހަޔަކުން ދަށުގެ އޮތް ފޮރުވިފާ

ހަތަރުވަނަ އައިޓަމް:

ހެމުން ހިނިތުން ވަމުން މިކަހަލަ އުފާވެރި ބާޣުބާނެއްގާ
                ދެމުންދާ ތަށިތަކާ ހަދިޔާ ތަކާ މެދުގާ ވެވޭހެ ސުވާލު
ޞަލާޙުއްދީނު ހައުސުން ދެން ގެނެސްދޭނީ ލަވައިން ތަމްސީލް
               ނުލާހިކު ރީތި ހުށަހެޅުމެއް ބަލައިލަން ލާމަސީލު މިސާލު

ފަސްވަނަ އައިޓަމް:

އޮތީތީ ލައްކަ ކަންތައްތައް ކުރަން އަދިވެސް ބުނަން ޖެހެނީ
               ނަތީޖާއެއް ގެނެސް ދިނުމޭ މިތަންވަޅު އެންމެ ސަޅިވާނީ
މަތީ ހުރިހާ ކުލާހުންކުރި ބަހުސް ނިމި އޭގެ ރަންވަނަތައް
                އޮތީ އިއްވާލުމޭ މިވަގުތު އެގޮތް ނުންތޯ ރަގަޅު ވާނީ

ހަވަނަ އައިޓަމް:

އަނެއްކާވެސް ގެނެސް ދޭނީ ލަވައިން ތަމްސީލެކޭ ކަމުދާ
               ތަނެއްގާ ހިނގި ހަވާދިސަކާ ގުޅޭ ބިޔަރާޅު ކަނޑު މޫދާ
ކަމާލުއްދީނު ހައުސުންނޭ އެކަން ތަމްސީލުކޮށްދޭނީ
                ސަމާލުވެ ބައްލަވާ ލައްވާ އެއިން ޢިބްރަތްތަކެއް ހޯދާ

ހަތްވަނަ އައިޓަމް:

ބަހަށް ދިވެހި ފާހަގަ ކުރާޢީދުގާ ޖެހެން އަދި ފެށިިއްޔޭ އިނގޭ ކަންތަކާ
            ފަހަށްނުޖެހި ޅަކުދިންތަކެއް ފާޅުގާ  ދުލެއް ނުމެކުރާނޭ އެބޮޑު މީހަކާ
ވަޒަން ބަހުރުވާގާ މިވާ މޮޅުކަމާ  ތަސައްލީ ލިބޭ އެމުނި އެތުރުންތަކާ
            ވަޒަން ކޮށްލުމަށް އައްސަވާލައްވަވާ  ކިޔާ ރީތި ބަންޖާއި ރައިވަރުތަކާ

އަށްވަނަ އައިޓަމް:

ބަހަށް މޮޅު އަދީބުން، ތަކާ ޝާއިރުން  އުފަންވީ ބިމެއްމީ ކުރިއްސުރެ ވަރަށް
       ގަހަށް ކުލުނު އޮވެގެން ފަތާއެއްވަރަށް  ބިމުން އަބަދު އަލިކަން ލިބޭދުރުދުރަށް
މަހެއް ބޮޑު ފަހާލާނެ ކުޑަކުޑަ މަހެއް  ފަހަށް ނުޖެހި ހުރެދާނެ ތިލަވާ އިރަށް
       ބަހެއް ބުނެލުމަށް ދެން މިދަޢުވަތުދެނީ އިހަށްފަހަރު އެއްވަނަ ލިބުން ދަރިވަރަށް

ނުވަވަނަ އައިޓަމް:

އޮތީތީވަރަށް ވަގުތު ކުޑަތަންވެފާ ނެތީމޭ ދަމަން ހާސަރެއް މިކަމުގާ
             ނަތީޖާތަކަށް ކެތް ވަނީކުޑަވެފާ  މަތީވަނަތަކަށްއެދި ދުވަސްގުނުމުގާ
ތިބޭ ދޫހެލޭ މޮޅު ބަލާޣަތްތެރިން ހޮވަން ބޭއްވި މިއަހަރު މުބާރާތުގާ
             ލިބޭތަން މެޑެއްޔާ އިނާމާދެކެން  ލަހެއްނުވެ ފެށޭނޭ މި ދަރުބާރުގާ

ދިހަވަނަ އައިޓަމް:

ބަހަށް ހެޔޮގޮތް އެދޭތީއޭ ބަހުސް މިރޮނގުން ކުރަންޖެހުނީ
                 ފަހަށް އޮތްގޮތް އެގެން ނެތަތީ ދިމާ ދެކޮޅަށް ބަހުސްހިގަނީ
ބަހުސް ކޮށް ފޯރިޔާ އެކުގާ ނަތީޖާއޭ ލިބެން މިދަނީ
                 ވަހުން ވަސްމީރު ގުލްދަސްތާ ތަކުން ވެދުމޭ އަރިސްކުރަނީ

އެގާރަވަނަ އައިޓަމް:

ޝުކުރުވެރިވަން މިހަފްލާއަށް ވަޑައިގެން ޝަރަފު ދެއްވެވުމުން
                 މިކުރެވޭހާ ކަންކަމެއް ހުރިހާ  އެކެޑަމީއިން ބަލައި ގަތުމުން
އަދަބު ތަޢުޡީމު ދަންނަވަމުން ނުހަނު ލޯތްބާ އެކީ އުފަލުން
                 މަދަދުވެރިވުން އަދާ ކަމަނާ  ޝަރަފު ދެއްވާށެ ބަސްފުޅަކުން

ބާރަވަނަ އައިޓަމް:

ވަރަށް ކުޅަދާނަ ހަރަކާތުން ވެދުން ބަރުތީލަ ކޮށް މިދެނީ
                  ވަރަށް މަތިވެރި ހަދާން ތަކެކޭ ކުދިން މިތަނުގެ ފަވާ އެދެނީ
ވަރަށް ހިތްގައިމު އައިޓަމަކުން މިހަފްލާ ދެން ނިމެން މިދަނީ

                  ވަރަށް ލުއި ސައިފޮދެއް ނިމިގެން މިތާ ހަމަޖެހި ފަޔޭ އެވަނީ
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved