» , » ކޮޕީ ރަޝީދު ފޮތްތަކެއް ހަދިޔާ ކުރައްވައިފި

ކޮޕީ ރަޝީދު ފޮތްތަކެއް ހަދިޔާ ކުރައްވައިފި

ކޮޕީ ރަޝީދު ދަރަވަންދުއަށް ފޮތްތަކެއް ހަދިޔާ ކުރައްވައިފި


ރާއްޖޭގެ ކުޅަދާނަ މުމައްސިލު އަލްފާޟިލް ކޮޕީ މުހައްމަދު ރަޝީދު ދަރަވަންދޫގައި ހުންނަ ބ.އަތޮޅު މަދަރުސާއަށާއި ދަރަވަންދޫ ޕްރީ ސްކޫލަށް ފޮތްތަކެއް ހަދިޔާ ކުރައްވައިފިއެވެ. ފޮތްތައް ހަދިޔާކުރުން އޮތީ އެކަމަށްޓަކައި ބ.އަތޮޅު މަދަރުސާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއް މިމަހުގެ 13 ދުވަހުއެވެ. މިރަސްމިއްޔާތުގައި ފޮތްތަކާ ޙަވަލުވެ ވަޑައިގެންނެވީ ބ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނާޞިޙެވެ.

ކޮޕީ މުޙައްމަދު ރަޝީދު ހަދިޔާކުރެއްވި މިފޮތްތަކަކީ އެމަނިކުފާނު އުފައްދަވާ ޢާއްމުކުރައްވާފައިވާ ފޮތްތަކެކެވެ. ހަދިޔަކޮށްދެއްވި ފޮތްތަކުގެ ތެރޭގައި އަދަބީ، ތާރީޚީ ، ޢިލްމީ އަދި ކުޑަކުދީންނަށް ޚާއްޞަކުރެވިފައިވާ ފޮތް ހިމެނެއެވެ.


އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދަކީ ބ.އަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކޮޕީ މުޙައްމަދު ރަޝީދު ބ.އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވާފައިވެއެވެ.
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved