ހައްދު ފަހަނަ އެޅުން
ތަޢާރަފް
ދިވެހިންނަކީ މާތްވެގެންވާ އިސްލާމު ދީނުގެ ހިދާޔަތުގައި
އެތައް ސަތޭކަ އަހަރެއް ވޭތުކޮށްފައިވާ ބައެކެވެ. ސައްތައިން ސައްތަ މުސްލިމް
ޤައުމެއްގެ ގޮތުގައި މުޅިދުނިޔޭގައި އޮތް މަދު ޤައުމުތަކުގެތެރެއިން ޤައުމެކެވެ.
އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ނުވަތަ ޔޫސުފުއްތަބުރޭޒީގެ އަތްޕުޅު މައްޗަށް
ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެ ވަޑައިގަތީއްސުރެ ރާއްޖެއަކީ ސައްތައިން ސައްތަ
މުސްލިމުން އުޅޭ މުސްލިމު ދައުލަތެކެވެ. ރާއްޖޭގައި އެހިނދަކަށް ތިއްބެވި ދީން
ދަންނަ ކަމަށް ބެލެވޭ ބައެއްގެ ފުށުން ލިބިހުރި މަޢުލޫމާތެއްގެ އަލީގައި
ޢަޤީދާއާއި ޢިބާދާތާއި މުޢާމަލާތު އުނގެނި ދަސްކޮށްގެން އެނގުނު މިންވަރަކަށް ދީނީ
ވާޖިބުތައް އަދާކުރުމުގައި ދިވެހިން ދިރިއުޅެމުން އައިސްފައިވެއެވެ. ޑިނުގެ
ކަމެއްގެ ގޮތުގައި އެގުނުކަމެއް އެނގުނުގޮތަކަށް ކުރުމުގައި ދިވެހިން ފަރުވާ
ކުޑައެއް ނުކުރެއެވެ. ދިވެހިންގެ މާދަރީ ބަހަކީ ޢަރަބިބަސް ނޫންކަމުން އިސްލާމީ
އިލްމު ކިތަންމެ ކުޑަކޮށް ފެތުރިފައިވީ ނަމަވެސް ދިވެހިންނަކީ އިސްލާމް ދީނަށް
ލޯބިކުރާ ބައެއްކަމުން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި
ދެމިތިބުމުގެ ނަޞީބު އޮތީ ލިބިފައެވެ.
އިސްލާމު ދީނުގެ ޢިލްމު ފެތުރުމަށް ލިބިހުރި ފުރުޞަތުގެ
ހަނިކަމާއެކުވެސް ދީނުގެ ކަމެއް ކަމުގައި ދިވެހިންނަށް އެނގިއޮތްކަމެއް އެނގިއޮތް
މިންވަރަކަށް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ޚުރާފާތުގެ އެތައްކަމެއް
ދިވެހިންގެތެރޭގައި އަށަގެންފައިވެއެވެ. ޚުރާފާތާއި ބިދުޢަވެރި އެތައްކަމެއް
ނޭނގިތިބެ ދީނުގެ ކަންކަމުގެ ގޮތުގައި ކުރެވެމުން
އައިސްފައިވެއެވެ. އަނެއްކޮޅުން ދީނި ހައްދު ފަހަނަ އެޅުމުގެ ކިތަންމެ ކަމެއް
ދިވެހިންގައި އަށަގެންފައިވެއެވެ. އެހެންކަމުން ދީނީގޮތުން ހައްދު ފަހަނައަޅާ
ދިޔުން ރާއްޖޭގައި އޮތް މިންވަރާއި މެދު ދިރާސީ ނަޒަރަކުން ބަލައިލުމުގެ
މުހިންމުކަން ވަނީ ބޮޑުވެފައެވެ.
އިސްލާމް ދީނުގެ ލުއިފަސޭހަކަން
ދީނީ ހައްދު ފަހަނަ އެޅުމުގެ ވާހަކަ ދެކެވޭއިރު އިސްލާމު
ދީނުގައި ދީނީ ވާޖިބުތައް އަދާކުރުގައި
ކަން އޮތްގޮތާމެދު ނަޒަރު ހިންގާލުމުގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ.
ޝައްކެއްވެސް ނެތްގޮތުގައި އިސްލާމުދީނުގައި އުދަގުލެއް ބުރައެއްނެތެވެ. އިސްލާމު
ދީނަގެ ލުއިފަސޭހަކަން ބަޔާންކޮށް ދެއްވުމުގެގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ" (الحج :78 ) މާނައީ: "އަދި ދީނުގައި
އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ" (البقرة : 185 ) މާނައީ: "މާތް ﷲ،
ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް
ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ."
އިސްވެ ބަޔާންވެ ދިޔަ ދެއާޔަތުން އެކަނިވެސް އިސްލާމްދީން
ޝަރުޢުކުރައްވާފައި ވަނީ ލުއިފަސޭހަ ދީނެއްގެ ގޮތުގައިކަން ސާބިތުވެގެންދެއެވެ.
އިސްލާމު ދީނުގައި އަޅުތަކުންގެ މައްޗަށް ދެއްވާފައިވާ ލުއިފަސޭހަކަމުގެ މައްޗަށް
ބަލައިލާއިރު، އަޅުކަމުގެ ކަންކަމުގައިވެސް ވަރަށްވެސް ބޮޑެތި ލުއިތަކެއް ވަނީ
ދެއްވާފައެވެ.
އެގޮތުން ދީނީ ތަކުލީފުތަކަކީ އޭގެ އަޞްލުގައިވެސް
ލުއިވެގެންވާ ކަންކަމެވެ. ފަރުޟު ފަސްނަމާދަކީ ރެޔަކާއި ދުވާލުގެ
ވަތުތަކުގެތެރެއިން މަދުހިނދުކޮޅެއް ނޫނީ އެކަމުގެތެރޭގައި ހޭދަވާ އަޅުކަމެއްނޫނެވެ.
ރޯދަހިފަން އަމުރު ކުރައްވާފައިވަނީ ބާރަ މަސްދުވަހުގެ ތެރެއިން އެންމެ
މަހެއްގައެވެ. އިތުރުވެ ގިނަވާ މުދަލުން ޒަކާތްދޭންޖެހެނީ ނިޞާބު ހަމަވެ
އަހަރެއްވުމުން އެމުދަލުގެ މަދު މިންވަރަކުންނެވެ. ޙައްޖާއި ޢުމުރާއަކީ ޢުމުރުން
އެއްފަހަރު ނޫނީ ކުރުން ފަރުޟުވެގެންވާ އަޅުކަމެއް ނޫނެވެ. ޝަރުޢީ ހުރިހާ
ތަކުލީފުތަކެއްވެސް މިފަދައިން ނުހަނު ލުޔެވެ.
ނަމާދާއިމެދު މާތްނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި
ވަސައްލަމަ ޢިމްރާނު ބުނު ޙުޞައިނަށް ޙަދީޘްކުރައްވާފައިވެއެވެ. "صَلِّ قَائِمًا فَإِنْ لَمْ تَسْتَطِعْ فَقَاعِدًا فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ " (ޞަޙީޙުއަލްބުޚާރީ،
1117 / ފޮތް 18، ޙަދީޘް37 ) މާނައީ: "ތިބާ ކޮޅަށްހުރެގެން
ނަމާދު ކުރާށެވެ. އަދި ކޮޅަށް ހުރުމަށް ނުކުޅެދިއްޖެނަމަ އިށީދެ އިނދެގެން
ކުރާށެވެ. އަދި އެކަމަށްވެސް ނުކުޅެދިއްޖެނަމަ އޮށޯވެއޮވެ ކުރާށެވެ."
ރޯދަޔާއިމެދު މާތް ﷲ ވަޙީކުރައްވާފައެވެ. "فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ" (البقرة : 185 ) މާނައި: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ."

ވުޟޫގެ ޙުކުމްތައް ބަޔާންކުރައްވައި މާތް ﷲ
ވަޙީކުރައްވާފައިއެވެ. "فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيداً طَيِّباً فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِيدُ اللّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـكِن يُرِيدُ لِيُطَهَّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ" (المائدة : 6 ) މާނައީ: "ދެން، ފެން ނުލިބިއްޖިއްޔާ
ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމަމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ
މޫނުތަކާއި، އަތްތަކުގައި އެއިން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް
ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ
އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާހިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ
މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ."
އަޅުކަމުގެ ކަންކަމުގައި ލުއިކޮށްދެއްވާފައިވާ މިންވަރު
އިސް ދެންނެވުނު އާޔަތްތަކުން އެކަނިވެސް ދަލީލު ކޮށްދެއެވެ.
ދީނީ ހައްދުފަނަ އެޅުމަކީ ކޮބާ
ހައްދު ފަހަނަ އެޅުމުގެ ލަފުޒީ މާނައަށް ބަލާލުމުން
އެނގިކަށަވަރުވަނީ، އޮންނަންވީ މިންވަރަށްވުރެ އިތުރުވުމަކީ ނުވަތަ މަދުވުމަކީ ހައްދު
ފަހަނައެޅުން ކަމުގައެވެ. އެހެންކަމަށްވާނަމަ ދީނީ ހައްދު ފަހަނައެޅުމަކީ ދީނުގައި
ކަމެއް އޮތުމަށް ކަނޑައަޅުއްވާފައި މިންވަރަށް ވުރެ އިތުރުވުމެވެ. ނުވަތަ
މަދުވުމެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ" الحج : 78 މާނައީ: "އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް
އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ." މިމަތިވެރި އިލާހީ
ބަސްފުޅާމެދު ވިސްނާވަޑައިގެން ބައްލަވާށެވެ. އިސްލާމު ދީނުގައި އެއްވެސް
އުދަގޫކަމެއް ބުރައެއް ޖައްސަވާފައި ނުވާނޭކަން ކިތަންމެ ރަނގަޅަކަށްވެސް
މިދެންނެވި އާޔަތުން ސާބިތުވެއެވެ. އެހެންކަމުން ލުއި ފަސޭހަކަން ލިބިލިބި އޮއްވާ
ބުރަ އުދަގޫ ގޮތް ޚިޔާރު ކުރުމަކީ ހައްދު ފަހަނައަޅާ ދިޔުމެވެ. އަނެއްކޮޅުން
ބުރައުދަގޫ އެއްވެސް ކަމެއް އިސްލާމު ދީނުގައި ކަނޑައަޅުއްވާފައި ނުވާއިރު،
ދީނުގައި ދެއްވާފައިވާ ރުޚުޞަތުތަކަށްވުރެ ލުއިފަސޭހަކޮށްލާ ކަންފަސޭހަކޮށްލުމަކީ ވެސް ހައްދު ފަހަނައަޅައި ދިޔުމެވެ.
މާތް ﷲގެ މަތިވެރި ކަލާމްފުޅުގައި ވަހީކުރައްވައި
އަންގަވާފައިވާ މޫރިތި އާޔަތެއްގެ މާނާގައި ވެއެވެ. " ފަހެ އެހެންނަކުން
ނޫނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ
މެދުގައި އުފެދިފައިވާ ދެބަސްވުމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް
ދާންދެން، އެއުރެންގެ ތެރެއިން އެކަކުވެސް އީމާންވީކަމުގައި ނުވާނެއެވެ. ދެން
ކަލޭގެފާނު ނިޔާކުރެއްވި ގޮތާއިމެދު އެއުރެންގެ ހިތްތަކުގައި، އެއްވެސް ކަހަލަ
ނުރުހުންތެރިކަމެއް އޮވެގެން ނުވާނެއެވެ. އަދި އެބައިމީހުން (އެ ނިޔާއަށް)
ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާން ވާނެއެވެ."
( ސޫރަތުއްނިސާ: 65 ) ﷲ އެކަލާނގެ ޒާތުފުޅު ގަންދެއްވާ ކުރައްވާފައިވާ
އަމުރުފުޅުން އެނގި ކަށަވަރުވަނީ، ކޮންމެ ކަމެއްގައި އިންސާނުންގެ އުޅުންތަކާއި
ގުޅުންތައް ބަހައްޓަން ޖެހެނީ އިސްލާމުދީނުގައި އޮތްގޮތަށްކަމެވެ. ދީނުގައި
ކަނޑައެޅި ބަޔާންވެފައިވާ ގޮތަށް އަމަލުތައް ބަހެއްޓުމަށް ރުހި ގަބޫލުވާން
ޖެހޭނެކަމެވެ. ދީނުގައި އޮތްގޮތަށް ޢަމަލު ނުކުރާހާ ހިދަކު އެމީހަކީ މުސްލިމެއްކަމުގައި ނުވާނެކަމެވެ. ދީނުގައި
ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރުކުރުމެއް ނުވަތަ އުނިކުރުމެއް އެއްވެސް ކަމެއްގައި ހުއްދަ ނޫންކަމެވެ. ކޮންމެ
އިތުރުކުރުމެއް ނުވަތަ އުނިކުރުމަކީ ހައްދު ފަހަނައަޅާ ދިޔުމެއްކަމެވެ. ﷲގެ ރަސޫލާ
މުޙައްމަދު (ޞ) ޙުކުމްވެރި ކުރުމަކީ
އެނަބިއްޔާގެ އެންގެވުންތަކާއި އެއްގޮތަށް ޢަމަލުކުރުމެވެ. ކީރިތި ޤުރުއާނާއި
ރަސޫލާގެ ސުންނަތުގައި ކަނޑައެޅި ބަޔާންވެފައިވާ ނެތްކަމެއް ދީނުގެ ކަމެއްގެ
ގޮތުގައި ގެނެސް ގަތުމާއި ދީނީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމުގައި
ލުއިދެއްވާފައި ނުވާމިންވަރަށް ކަންފަސޭހަ ކޮށްގަތުމާއި ފަރުވާކުޑަކޮށް
ދެއްވާފައިވާ ރުޚުޞަތުތަކަށްވުރެ ލުއިކޮށްގަތުމަކީ ހައްދު ފަހަނައަޅާ ދިޔުމެވެ.
ހައްދު ފަހަނަ އަޅާ ދާމީހުންނަކީ މުއުމިނުންގެތެރެއިން ވާ ބައެއް ނޫންކަން އިސްވެ
ބަޔާންވެ ދިޔަ އާޔަތުގައި، " ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން،
އެއުރެންގެ ތެރެއިން އެކަކުވެސް އީމާންވީކަމުގައި ނުވާނެ" ކަމަށް
ވަޙީކުރައްވާފައި އޮތުމުން ކަށަވަރު ކޮށްދެއެވެ.
ދިވެހިންގެ ކިބައިން ފެންނަ ހައްދު
ފަހަނައެޅުމުގެ ޢަމަލު
ދިވެހިންގެ ކިބައިން ދީން ހައްދު ފަހަނަ އެޅުން
ފާހަގަކުރެވެނީ އަންނަނިވި ދާިރާތަކުގައި އެކަންކަމުގެ ނުރަގަޅު އަސަރުންނެވެ.
ޒަމާނުއްސުރެ ޢަދަކާދައިގެ ގޮތުގައިކުރެވެމުން އައި ބިދުޢަވެރި
ޢަމަލު
ރާއްޖެ އިސްލާމްވުމުގެކުރީން ރާއްޖޭގައި އޮތީ
ބުދުދީންކަމަށް ތާރީޚީގޮތުން ކަށަވަރުވެއެވެ. ބުޑިސްޓުން އަޅުކަންކުރުމުގެ
އައުދަކާދައިގެތެރޭގައި ހުރި ބައެއްކަންކަން އިސްލާމު ދީން އައުމަށްފަހުވެސް
ފިލާނުގޮސް ދީނީކަމެއްގެ ގޮތުގައި ކުރެވެވެމުން އައެވެ. ދުން ބަހައްޓައިގެން
ކިޔެވުންފަދަ ކަންކަމަކީ އާދަކާދައިގެތެރެއިން ދިނީކަމެއްގެ ގޮތުގައި ކުރެވެމުން
އައި ބިދުޢަވެރި ކަމެކެވެ. އާދަކާދައިގެތެރެއިން
ކުރެވޭ ހައްދުފަހަނަ އެޅުމެކެވެ.
ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވެފައިނުވާ
ގިނަކަންތައްތަކެއް ކުރުމުގައި ރާއްޖޭގެ ގިނަބަޔަކު ދީނީގޮތުން ވަނީ ހައްދު
ފަހަނައަޅާފައެވެ. އެފަދަ ކަންކަމުގެތެރޭގައި، ހިޔަރަކާތްދުވަސް ފަދަ ދުވަސްތައް
ފާހަގަކުރުމަކީ ދީނުގެ ނަމުގައި ހައްދު ފަހަނައެޅުމެކެވެ.
ޒިޔާރަތަށް ނަދުރުބުނުމާއި، ކަންޖާއަޅާ ކިރުމާއި، ފާތިހާކިޔެވުމާއި،
ބޮޑުމާލޫދުކިޔުން ފަދަ ކިތަންމެ ކަމެއް ޒަމާންވީ އާދަކާދައިގެ ތެރެއިން ދީނީ ކަންކަމުގެގޮތުގައި ޚުރާފީކަންކަން ކުރުމުގައި
ދިވެހިން ހައްދުފަހަނަޅައި ގޮސްފައިވެއެވެ.
ޖިހާދީ
ފިކުރުގެ ނަޒަރިއްޔާ ބަދަލުވަމުން ދިޔުން
ކީރިތި ޤުރުއާނުގައި ޖިހާދު ފަރުޟުކުރައްވާފައިވެއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވަކީން ޘަވާބު އިތުރުވެގެންވާ ކަމެއްނުމެ ނެއްމެއެވެ. ޖިހާދުގެ މަތިވެރިކަމުގެ ވާހަކަ ދެކެވޭއިރު، ރަސޫލުﷲ (ޞ)ގެ އަންނަނިވި ޙަދީޘްފުޅާމެދު ވިސްނާ ފިކުރުކޮށްލަންޖެހެއެވެ. ރަސޫލުﷲ (ޞ) ޙަދީޘްކުރެއްވިއެވެ. " لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّى رَسُولُ اللَّهِ إِلاَّ بِإِحْدَى ثَلاَثٍ الثَّيِّبُ الزَّانِ وَالنَّفْسُ بِالنَّفْسِ وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ " (أخرجه البخاري ومسلم ، صحيح مسلم 1676) މާނައި: "މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވާ މީހެއްގެ ލޭ ތިންކަމަކުން މެނުވީ ހުއްދަނުވާ ހުއްޓެވެ. އެއީ ޒިނޭ ކުރާ ޘައްޔިބު (މުޙްޞަނު) މީހާއާއި، ނަފްސެއްގެ ބަދަލުގައި ނަފްސެއް މެރުމާއި، އެމީހެއްގެ ދީން ދޫކޮށް ޖަމާޢަތާވަކިވެގަންނަ މީހާއެވެ." މިޙަދީޘް ރިވާކުރެއްވީ ބުޚާރީއާއި މުސްލިމެވެ. މިމަތިވެރި ނަބަވީ އިރުޝާދުން އެނގި ސާބިތުވަނީ ނަފްސްތަކުގެ މަތިވެރިކަމެވެ. އިސްލާމްދީނުގައި ހަގުރާމަ ޝަރުޢުކުރައްވާފައިވަނީ މުޝްރިކުންނާއި ދެކޮޅަށެވެ. ޖިހާދުގެ ނަމުގައި މުސްލިމު އެއްޖަމާޢަތް އަނެއް ޖަމާޢަތަކާ ދެމެދު ހަނގުރާމަކުރުމާއި، މަޤްބޫލު ސަބަބެއްނެތި އަމިއްލަ އަމިއްލައަށް ހަގުރާމަކުރުމާއި ޖާނުން ފިދާވުންފަދަ ނާތަހުޒީބު ގޮތްގޮތަށް ފުރާނަ ދުއްވާލުމަށް ހިންގާ ޢަމަލުތައް ޖިހާދުގެ ގޮތުގައި ބަލައިގަތުމެއް ނުވެއެ.

ނަފްސު ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ
މާތްﷲ ޝަރުޢު ކުރައްވާފައިވާ ވަރަށް މަތިވެރި ނިޔާފުޅެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَلاَ تَقْتُلُواْ النَّفْسَ الَّتِي حَرَّمَ اللّهُ إِلاَّ بِالحَقِّ وَمَن قُتِلَ مَظْلُوماً فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَاناً فَلاَ يُسْرِف فِّي الْقَتْلِ إِنَّهُ كَانَ مَنْصُوراً (الإسراء: 33) މާނައި: "އަދި ތިޔަބައިމީހުން، ﷲ ޙުރުމަތް ތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ." މިއާޔަތުން ނަފްސްގެ ޙުރުމަތްތެރިކަން ކަށަވަރުވެއެވެ. އަދި ނަފްސުގެ ރައްކާތެރިކަމަށް އިސްލާމް ދީނުގައި ދެވިފައިވާ އަހައްމިއްޔަތު ހާމަވެގެން ދެއެވެ. އަދިވެސް މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "لَزَوَالُ الدُّنْيَا أَهْوَنُ عِنْدَ اللَّهِ مِنْ قَتْلِ رَجُلٍ مُسْلِمٍ" أخرجه النسائي މާނައި: "ދުނިޔެ ނެތިފަނާވުމަކީ މާތް ﷲ ގެ ޙަޟުރަތުގައި މުއުމިނެއް ޤަތުލު ކުރުމަށްވުރެ ކުޑަކަމެކެވެ."

އިސްވެދިޔަ އެންމެހާ ކަންކަމުން އެގި ސާބިތުވެގެން މިވަނީ
ތިން ކަމެއް މެދުވެރިގެން ނޫންގޮތަކަށް އެއްވެސް ފުރާނައެއް ދުއްވާލުމަކީ
ބޮޑުވެގެންވާ ފާފައެއްކަމެވެެ. ޖިހާދުކުރުމުގެ ނަމުގައި މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ
ލޭއޮހޮރުވުން ހުއްދަ ވެގެންނުވާކަމެވެ. މުޝްރިކުންނާ ދެކޮޅަށް ނޫންގޮތަކަށް
ހަގުރާމަކުރުމާ ޖާނުންފިދާ ވުންއެއީ ހައްދުފަހަނަ އަޅާދިއުންކަމެވެ.
މިހާހިސާބުން މީހުންމަރާ ޤާތިލުގެ ޢުޤޫބާތަކީ ޤިޞާޞް
ހިފުންކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ބަލައިލަމާތޯއެވެ. މާތް ﷲ
ވަޙީކުރައްވާފައިވެއެވެ."يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ"(البقرة: 178) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު
ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ."
ހަމައެހެންމެ،ޤަޞްދުގައި މީހަކު މެރުމުގެ ނުބައިކަންވެސްވަނީ
ބަޔާންކުރައްވާފައެވެ. "وَمَن يَقْتُلْ مُؤْمِناً مُّتَعَمِّداً فَجَزَآؤُهُ جَهَنَّمُ خَالِداً فِيهَا وَغَضِبَ اللّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً" (النساء:93) މާނައީ: "އަދި
ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ
ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ އެމީހާގެ މައްޗަށް
ކޯފާލައްވައި ލަޢްނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު
ކުރެއްވިއެވެ."
ދީން ޙިމާޔަތްކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކުރައްވާފައިވާކަމެކެވެ. އެހެނީ، މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އަދި އެދީން މަތީގައި މެނުވީ މަރުވެ ނުދިއުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ" (آل عمران:19) މާނައި: "މާތް ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމް ދީނެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ حَقَّ تُقَاتِهِ وَلاَ تَمُوتُنَّ إِلاَّ وَأَنتُم مُّسْلِمُونَ" (آل عمران: 102) މާނައި: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުންﷲ އަށް ތަޤްވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"

ދީން
ޚިޔާރު ކުރުމުގައި މަޖުބޫރީއެއް ނުވާކަން ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 256 ވަނަ
އާޔަތުގައި ބަޔާންކުރައްވާފައިވާއިރު، އެދީން ދޫކޮށް މުރުތައްދުވެ ނުދިޔުމަށްވެސް
ވަނީ އަމުރު ކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُوْلَـئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُوْلَـئِكَ أصْحَابُ النَّارِ هُمْ فِيهَا خَالِدُونَ" (البقرة : 217 ) މާނައި:
"ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފަރަކު ކަމުގައިވާ ޙާލު، މަރުވާ
މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ
ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމިތިބޭނީ،
އެތާނގައެވެ."
މުރުތައްދުވާ މީހުންނާއިމެދު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "مَنْ بَدَّلَ دِينَهُ فَاقْتُلُوهُ" أخرجه البخاري މާނައި: "އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ ޤަތުލުކުރާ ހުށިކެމެވެ."

ހިތާމައަކީ އިންސާނާ އުފެއްދެވި
ޚާލިޤައްވުރެ، އެއިންސާނާއަށް އޯގާތެރިވުމަށް މަސައްކަތްކުރާ މީހުން ބޮޑެތި
ޤާތިލުންނަށް ދެވަނަ ފުރުޞަޠުދީ މުޖްތަމަޢުގައި އިތުރު މީހުން މެރުމުގެ ޖަރީމާ
ހިންގުމަށް ދޫކޮށްލާކަމެވެ. ﷲގެ ޙުކުމް ތަންފީޒުނުކޮށް ދީނީ
ހައްދުފަހަނައެޅުމުގައި ދެމިތިބޭކަމެވެ.
ބަވަނަވެތި ސިޔާސަތު
ބައިނަލް އަޤްވާމީ މުޖުތަމަޢުގެ
ފިއްތުންތަކާހުރެ މާތް ﷲ ބާވައިލެއްވި ގޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާއި
ޚިލާފަށް ޤާނޫނުތައް ހަދައި ޙުކުމްކޮށް ހެދުމުގައި ދީނީ ހައްދުފަހަނައެޅުން
ރާއްޖޭގައިވެސް ވަނީ އޭގެ ނިހާޔަތުގައެވެ. ބައެއްފަހަރު ނޭނގިތިބެއެވެ. މާތް ﷲ
ބާވައިލެއްގޮތާއި ޖަދަލުކޮށް އިންކާރުކުރުމުގެ ގޮތުން އިންސާނީ ޙައްޤުގެ
ނަމުގައެވެ. ﷲ ގެ ޝަރީޢަތުން އެއްފަރާތްވެ އަމިއްލައަށް ހަދާ ޤާނޫނުތަކާއި
ޤަވާޢިދުތައް ޝަރީޢަތަށްވުރެ މިޒަމާނުގެ ޙާލަތަށް މާބޮޑަށް ފެތޭކަމަށް
ދެކިގެންނެވެ. އެޙުކުމްތަކުން އެއްކިބާވެ އަމިއްލައަށް ގޮތެއްކަނޑައެޅުން އެއީ
ދީނީގޮތުން މައްސަލައެއް ނޫންކަމުގައި ދެކިގެންނެވެ. މީސްތަކުންގެ ތޭރޭގައި ޙުކުމް
ކުރެވެންޖެހޭނީ އެބައިމީހުންގެ ތެރެއިން ގިނަމީހުން ތާއީދުކުރާގޮތް ބަލައިގެންކަމުގައި
ދެކިގެންނެވެ.
وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا فَبِئْسَ مَا يَشْتَرُونَ (آل عمران: 187) މާނައީ :" ފޮތް ލިބުނު މީހުންގެ ކިބައިން اللَّه، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ عهدއަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް بيانކޮށް ދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި عهدއެވެ. ދެން، އެއުރެންގެ ފުރަގަހަށް އެ عهد އެއްލައިލިއެވެ. އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ!"
މިއެންމެންނީ މާތް ﷲ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވާފައިވާ އެކަލާނގެ އަޅުންކަމާމެދު ދެކޮޅެއް ނުހެދޭނެއެވެ. އިންސިންނާއި ޖިންނީން ދުނިޔޭގައި ވުޖޫދުކުރެއްވުމުގެ މަޤުޞަދަކީވެސް އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވެ އެކަލާނގެ އެންގެވިގޮތަށް ދުނިޔޭގެ ޙަޔާތް ވޭތުކުރުން ކަމާމެދަކު ޝައްކެއް ނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ" (الذاريات: 56) "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ."
އިސްވެދިޔަ އާޔަތުން އެނގި ސާފުވެ ބަޔާންވީ މާތް ﷲ އިންސާނާ އުފެއްދެވީ އެކަލާނގެއަށް އަޅުކަން ކުރަންކަމެވެ. އަދި މާތް ﷲ އާއި އެއްވެސް މާނައެއްގައި އެއްވެސް ފަރާތެއް ބައިވެރިކުރުމަކީ އެކަލާނގެ އެންމެ ބޮޑަށް ޙަރާމްކުރައްވާ ޢަމަލުކަމެވެ. އަދި އެއީ އަޅުތަކުން އުފެއްދެވި މަޤްޞަދާއި މުޅިން ފުށުއަރާ ޢަމަލެއްކަމެވެ. ނަމަވެސް ﷲ އެންގެވިމަގަށް ޙުކުމްނުކުރުމުގައި ދިނީގޮތުން ހައްދު ފަހަނަ އަޅާދިޔުމެކެވެ.
ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެއީ "އަޅުކަމަކީ އެތެރެފުށުގެ ޢަމަލެއްކަމުގައިވިޔަސް އަދި ބޭރުފުށުގެ ޢަމަލެއްކަމުގައިވިޔަސް އެކަމަކަށް މާތް ﷲގެ ލޯބިވެވޮޑިގަތުމާއި ރުއްސެވުން ހުރި ކޮންމެ ޢަމަލަކާއި ކޮންމެ ބަހަކަށްކިޔާ ނަމެކެވެ."
އިސްވެދިޔަ މަފްހޫމުން އެނގިސާފުވެ ބަޔާންވަނީ އަޅުކަމަކީ އިންސާނާ ޤަބޫލުކުރާ ޢަޤީދާއާއި ގުނަންތަކުން ކުރާ އެންމެހާ ޢަމަލުތަކާއި ބޭރުކުރާ އެންމެހާ ބަސްތަކާއި މިހުރިހާކަމެއް މާތް ﷲ އެންގެވި ގޮތުގެ މަތީގައި ބެހެއްޓުންކަމެވެ. އިސްވެދެންނެވި ހުރިހާކަމެއް މާތް ﷲ ގެ އަމުރުފުޅުތަކާއި ނަހީގެ މައްޗަށް ބިނާކުރުމެވެ. އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުވެ ރައްކާތެރިވުމެވެ. އިންސާނާގެ މުޅިޙަޔާތް ޤާއިމްވެފައި ހުންނަންޖެހޭނީ ﷲ ގެ ޝަރީޢަތުގެ މަތީގައެވެ. ތިމާގެ ނަފްސުގެ އެދުންތަކުން އެއްކިބާވެ، އެ ޝަރީޢަތުގައިވާ ޙަލާލުކަންކަން އެއީ ޙަލާލުކަމުގައި ޤަބޫލުކޮށް ޙަރާމްކުރެވިފައިވާ އެންމެހާކަމެއް އެއީ ޙަރާމްކަމުގައި ދެކިގެންނެވެ. މިކަމުގައި އިންސާނާގެ ހިތުގައި އެއްވެސް ކުރެކިކަމެއް ނުރުހުންތެރިކަމެއް ހުރެގެން ނުވާނެއެވެ. މިކަމުގައި ފަރުދުންނާއި މުސްލިމު ޖަމާޢަތާއި ފިރިހެނުންނާއި އަންހެނުން ހަމަހަމަވެގެންވެއެވެ.
އިންސާނާ އޭނާގެ ޙަޔާތުގެ ބައެއްކަންކަމުގައި ﷲ އެންގެވިގޮތަށް ކިޔަމަންތެރިވެ އަނެއްބައި ކަންކަމުގައި ﷲ ގެ އެންގެވުމާ ޚިލާފަށް އެކަލާނގެ މަޚުލޫޤުންނަށް ކިޔަމަންތެރިވާމީހާ އެއީ ﷲ އަށް އަޅުވެތިވާ އަދި ﷲ އަށް ކިޔަމަންތެރިވާ ފަރާތެއްކަމުގައި ނުވާނެއެވެ.

އިސްލާމްދީނުގައި ނަސަބު ޙިމާޔަތް ކުރެއްވުމަށް
ޒިނޭ ޙަރާމްކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً" (الإسراء : 32) މާނައީ: "އަދި
ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން
ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ
ނުބައިވެގެންވެއެވެ." އަދި ޒިނޭކުރާމީހުންގެ ޢުޤޫބާތްވެސްވަނީ ބަޔާން
ކުރައްވާފައެވެ. "الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ" (النور : 2) މާނައީ: "ޒިނޭކުރާ
އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި،
ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން
އީމާންވާކަމުގައިވަނީނަމަ، ﷲގެ ދީނުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް
ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތެއް
މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!"
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަވަނީ ޒިނޭ ކުރާމީހުން ރަޖަމްވެސް ކުރައްވާފައެވެ. ޙަދީޘްކުރައްވާފައިވެއެވެ. « الثَّيِّبُ بِالثَّيِّبِ وَالْبِكْرُ بِالْبِكْرِ الثَّيِّبُ جَلْدُ مِائَةٍ ثُمَّ رَجْمٌ بِالْحِجَارَةِ وَالْبِكْرُ جَلْدُ مِائَةٍ ثُمَّ نَفْىُ سَنَةٍ » ( أخرجه مسلم - صحيح البخاري 1197)

މާނައި: "ޘައްޔިބަކު (މުޙްޞަނަކު) ޒިނޭކޮށްފިނަމަ
ސަތޭކަ އެތިފަހަރު ޖަހައި ކުދިހިލައިން ރަޖަމްކުރާށެވެ. އަދި ބިކުރުވެރިޔަކު
(ޣައިރު މުޙްޞަނަކު) ޒިނޭކޮށްފިނަމަ ސަތޭކަ އެތިފަހަރު ޖަހައި އެއް އަހަރު
ދުވަހަށް އަރުވައިލާށެވެ."
އަނެއްކޮޅުން ޒިނޭގެ ފާފަނުކުރާ ޢިއްފަތްތެރިންނަށް ޒިނޭގެ ތުހުމަތު ކުރުމަކީވެސް ބޮޑު ޖަރީމާއެއް ކަމުގައި ކަޑައެޅުއްވިއެވެ. އަދި ޤަޛުފުގެ ޢުޤޫބާތް ބަޔާންކޮށްދެއްވައި ވަޙީކުރައްވާފައިވެއެވެ. "وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَداً وَأُوْلَئِكَ هُمُ الْفَاسِقُونَ" (النور : 4) މާނައީ: "ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފު ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ ހަމަ ފާސިޤުންނެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. "إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ" (النور : 23) މާނައި: "ހަމަކަށަވަރުން، ޢިއްފަތްތެރި، ޣަފުލަތްތެރި (އެބަހީ: ފާފަކުރުމުގެ ޚިޔާލުވެސްނެތް) މުއުމިނު އަންހެނުންނަށް ޤަޛުފުކުރާ މީހުންނަށް، ދުނިޔެއާއި، އާޚިރަތުގައި ލަޢުނަތް ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ."
މިއީ މާތް ﷲ ގެ ޙައްދުތަކެވެ. މިޙައްދުތައް ޤާއިމު ކުރުމުން މެނުވީ ބިންމަތީގައި ޢަދުލު އިންޞާފު ޤާއިމު ނުކުރެވޭނެއެވެ. އެހެނަސް އިންސާނީ ޙައްޤުތަކުގެ ނަމުގައި ކުރިއްސުރެ ޖެހެމުންއައި ހައްދު ޖެހުން ހުއްޓުވަން ކުރެވޭ މަސައްކަތް ވަނީ ހައްދު ފަހަނަ އަޅާފައެވެ. ރަޖަމުކުރުން ޒަމާނުއްސުރެ މިތިބީ މަނާވެ ގަނެގެންނެވެ. މިއަށްވުރެ ވަކީން ބޮޑު ހައްދު ފަހަނަ އެޅުމަކީ ކޮބައި ހެއްޔެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ وَاللّهُ عَزِيزٌ حَكِيمٌ" (المائدة : 38 ) މާނައީ:
"ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ،
ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން
ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި
ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ."
އަދި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައިވެއެވެ. عَنِ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَطَعَ فِى مِجَنٍّ ثَمَنُهُ ثَلاَثَةُ دَرَاهِمَ – (أخرجه أبو داود ،سنن النسائي 4908) މާނައީ:
"އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙައްމަދު
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިން ރިހީގެ ފައިސާފޮތީގެ އަގުހުރި އައްޑަނައެއް
ވަގަށްނެގުމުން (އެމީހާގެ) އަތް ބުރިކުރައްވާފައިވެއެވެ."
އަދިވެސް މީސްތަކުންގެ މުދަލުގެ ޙުރުމަތް ބަޔާންކޮށްދެއްވައި، ޢަދުލު އިންޞާފު ޤާއިމުކުރައްވައި ގާތްތިމާގެ މީހުންގެ މީހަކު ވައްކަންކުރިޔަސް އެ ޙުކުމް ތަންފީޒު ކުރައްވާނޭކަމުގައިވެސްވަނީ ޙަދީޘްކުރައްވާފައިވާއިރު އަތްކެޑުމުގެ ހައްދު ޤައިމުނުކުރުމަކީ ދީނީ ހައްދުފަހަނަ އެޅުމުގެ އިންތިހާއެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގައި ހައްދު
ފަހަނައަޅައި ގޮސްފައިވާ ކަމެކެވެ. ހަމަކަށަވަރުންވެސް މާތް ﷲވަނީ ބުއްދި ޙިމާޔަތްކުރައްވާފައެވެ. އެގޮތުން ބުއްދި
ފިލައިދާ ކޮންމެ ކަމެއްވަނީ ޙަރާމް ކުރައްވާފައެވެ. މާތް ﷲ
ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُواْ لاَ تَقْرَبُواْ الصَّلاَةَ وَأَنتُمْ سُكَارَى حَتَّىَ تَعْلَمُواْ مَا تَقُولُونَ" (النساء : 43 ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ!
ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް
ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލު ތިޔަބައިމީހުން ނަމާދާ
ގާތްނުވާށެވެ!" އެއަށްފަހު ﷲތަޢާލާ
ވަޙީކުރައްވާފައިވެއެވެ. " يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ” (المائدة : 90) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ!
ހަމަކަށަވަރުން، ރާ އާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ
ބުދުތަކާއި ނަޞީބުހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ
ޢަމަލުތަކުގެތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ
ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށްޓަކައެވެ."
އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަވަނީ މަސްތުވާތަކެތީގެ ޙުކުމް ބަޔާންކޮށްދެއްވާފައެވެ.
އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަވަނީ މަސްތުވާތަކެތީގެ ޙުކުމް ބަޔާންކޮށްދެއްވާފައެވެ.
" كُلُّ مُسْكِرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ " متفق عليه وللفظ لمسلم މާނައި: "މަސްތުވާ ކޮންމެ އެއްޗަކީ
ރަލެވެ. އަދި ކޮންމެ މަސްތުވާ އެއްޗަކީ ޙަރާމް އެއްޗެކެވެ." ހަމައެހެންމެ މަސްތުވާތަކެތި
ބޭނުންކުރާ މީހުންގައި ޙައްދު ޖެހުމަށްވަނީ ޙަދީޘްކުރައްވާފައެވެ. " إِذَا سَكِرَ فَاجْلِدُوهُ " أخرجه أبو داود މާނައި: " މަސްތުވާ މީހާގެ ގައިގައި ޙައްދު
ޖަހާށެވެ." އަދި އޭނާ އެކަމަށް އެނބުރި އަތުވެއްޖެނަމަ އަލުން ޖެހުމަށްވެސްވަނީ
އަމުރު ކުރައްވާފައެވެ. ބޮޑެތި ޢުޤޫބާތް ކަނޑައެޅިފައިވާ ބޮޑެތި ފާފަތަކަށް
އަރައިގަތުމާއި އެފަތަކަށް އަރައިގަތުމުން ދިނުމަށް އިސްލާމް ދީނުގައިވާ
ޢުޤުބާތްތައް ދިނުމަށް ފަސްޖެހުމާއި މަނާވެގަތުމަށްވުރެ ވަކީންބޮޑު ދީނީ
ހައްދުފަހަނަ އެޅުމެއް އޮންނާނެ ހެއްޔެވެ.
ކަންފަސޭހަ ކަމާއި ކަންނެތްކަން
ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ކަމެއް ނަހީކުރައްވާފައިނަމަ އެކަމަކީ ޢިބާދާތުގެ ތެރެއިން
ހިމެނޭ (އެބަހީ: އަޅުކަމެއް ކަމުގައިވިޔަސް) ނޫނީ މުޢާމަލާތުގެ ތެރެއިންހިމެނޭ
ކަމެއްކަމުގައިވިޔަސް އެކަމެއް ފަސާދަވެގެންވެއެވެ. ފިޤުހުވެރިންގެ ޢިބާރާތުގައި النهي يقتضي الفساد (ނަހީވެގެންވާ ކަމެއްވަނީ
ފަސާދަވެފައެވެ.) ގެ މުރާދުކުރަނީ މިފަދަ ކަންކަމަށެވެ.
ކަންފަސޭހަވެގެންވިޔަސް ކަންނެތްކަމުގެ ތެރެއިން ވިޔަސް މާތް ﷲއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ނަހީ ކުރައްވާފައިވާކަމެއް ތިބާ ކުރަމުންގެންދާނަމަ، އެއީ މާތް ﷲއާއި ދެކޮޅުވެރިވުމެކެވެ. އެހެނީ މާތް ﷲކަމެއް ނަހީކުރައްވާފައިވާނަމަ އަޅުތަކުންގެ ކިބައިން އެދެވިގެންވަނީ އެކަމަކުން ދުރުހެލިވެ ރައްކާތެރިވެ އެއްކިބާވުމެވެ. އެހެންނަމަވެސް އެކަމަކީ ޞައްޙަ (ރަނގަޅު) ކަމެއްކަމުގައި ދެކިގެން އެކަން ކުރަމުން ގެންދާނަމަ އެއީ ނަހީ ކުރައްވިކަމެއް ހުއްދަކުރުމެވެ.
އޭގެ މިސާލަކީ ދެޢީދު ދެދުވަހު ރޯދަހިފުން ނަހީކުރައްވާފައިވުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "وَلَا صَوْمَ فِي يَوْمَيْنِ الْفِطْرِ وَالْأَضْحَى" (ޞަޙީހުލް ބުޚާރީ 1197 ) މާނައީ: "އަދި ދެދުވަހެއްގައި ރޯދަ ނުހިފާށެވެ. އެއީ ފިޠުރު ޢީދުދުވަހާއި އަޟުޙާ ޢީދު ދުވަހުގައެވެ." މިފަދައިން ޙަދީޘްކުރައްވާފައިވަނިކޮށް މީހަކު އެއިން ދުވަހަކު ރޯދައަށް ހުރެއްޖަކަމުގައިވާނަމަ އެ ރޯދަވާނީ ފާސިދު (ބާޠިލު) ރޯދައަކަށެވެ. އެއީ النهي يقتضي الفساد (ނަހީވެގެންވާ ކަމެއްވަނީ ފަސާދަވެފައެވެ.)
ހަމައެފަދައިން ހުކުރު ދުވަހުގެ ދެވަނަ ބަންގީގެފަހުން (ހުކުރަށް ގޮވުމަށްފަހު) ވިޔަފާރިކުރުންވަނީ މަނާކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ " (الجمعة : 9) މާނައީ: "އޭ އީމާންވި މީސްތަކުންނޭވެ! ހުކުރުދުވަހުގެ ނިދާ (ބަންގި) ދީފިނަމަ މާތް ﷲ ހަދުމަކުރުމަށް (ހުކުރުނަމާދަށް) އަވަސްވެގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ." މިއާޔަތުގައި އެވަނީ ހުކުރު ނަމާދުގެ ވަގުތުގައި ވިޔަފާރިކުރުން ނަހީކުރައްވާފައެވެ. އެހެންކަމުން އެގަޑީގައި ކުރެވޭ ވިޔަފާރިއަކީ ފާސިދު ނުވަތަ ބާޠިލު ވިޔަފާރިއެކެވެ.

އިސްވެ
ދިޔަދެމިސާލުފަދަ އެތައް މިސާލެއް މިމުޖުތަމަޢުން ފެނިގެންދެއެވެ. ނަހީތަކަށް
އަރައިގަތުމާއި އަމުރުތަކަށް ހޫރުމަތްތެރިނުވުން ވަނީ އާދަކޮށްފައެވެ. ނަމާދު
އެޅުމަކީ މާބޮޑުކަމެއް ކަމަކަށް ނުދެކެއެވެ. ކުރާނެ އެހެން ކަމެއް ނެތުމުންނޫނީ
ނަމާދު ކުރާކަމަކަށް ނަމާދު ނުވެއެވެ. ފަރުވާކުޑަކަމާއި ކަންނެތްކަމުގައި
ދީނީވާޖިބުތައް އަދާނުކުރުމުގައި ގިނަބަޔަކުވަނީ ހައްދުފަހަނައަޅާފައެވެ.
ޢިލްމީ މައުލޫމާތު ނެތުން
ތަޢުލީމު ލިބުމުގެ ކުރިން ނުވަތަ
އެނގުމުގެކުރިން ޝަރުޢުގެ އެއްވެސްކަމެއް ލާޒިމުވެގެން ނުވެއެވެ. ނަމަވެސް
ފަރުވާކުޑަކަމާއެކު މަޢުލޫމާތު ނުހޯދައި ނުވަތަ ދަސްނުކޮށް ހުރުމަކީ އަޅާނުލައި
ދޫކޮށްލެވޭނޭ ކަމެއް ނޫނެވެ. ޢިލްމު ހޯދުމުގައި ނުވަތަ ޝަރުޢީ ގޮތުން ކޮންމެހެން
އެގެންޖެހޭކަމެއް ދަސްނުކޮށް ފަރުވާކުޑަކޮށްލާފައި ހުރުމަކީ ޢުޛުރެއް ނޫނެވެ. އަދި
އެފަދަ މީހަކު ތިމަންނާއަށް ނޭނގެއޭ ވީމާ، ނުކޮށް ހުއްޓަސް ރަނގަޅުވާނެއޭ ކިޔާފައި
އަޅާނުލައި ހުރުމަކުން، އޭނާ އެކަމަކުން ބަރީއަވީއެއް ނޫނެވެ. އެކަމަކީ އަޅާނުލައި
ދޫކޮށްލެވޭނޭ ކަމެއްނޫނެވެ. އެބަހީ: އެގޮތަށް ފަރުވާކުޑަކޮށްގެން ހުރުމަކީ
އޭނާއަށް އޮތް ޢުޛުރަކަށް ނުވުމެވެ.
އައްޝައިޚް އިބްނު ޢުޘައިމީ ލިޔުއްވާފައިވެއެވެ. " މީހުންނާ އެކަހަރި މީސްކޮޅު މަދު ހިސާބެއްގައި ދިރިއުޅޭ ދެމަފިރިއަކަށް ލިބިފައިވާ އަންހެންކުއްޖަކު ދިހަ އަހަރުގައި ޙައިޟުވިއެވެ. އެހިސާބުގަނޑުގެ މީސްތަކުން ޤަބޫލު ކުރާގޮތުގައި ޙައިޟުވިއެއްކަމަކު އަންހެންކުއްޖަކު ބާލިޣުވަނީ ފަނަރައަހަރު ފުރުމުންނެވެ. އެހެން ނަމަވެސް ދީނުގައި އޮންނަ ޙުކުމަކީ ފަނަރަ އަހަރު ނުވިޔަސް ޙައިޟުވެއްޖެނަމަ ބާލިޣުވާނެކަން ކޮންމެވެސް ފަރާތަކުން އެބެލެނިވެރިޔާއަށް އެނގުނެވެ. ނަމަވެސް އޭނާއަށް އެ ލިބުނު މަޢުލޫމާތުގެެ ދޮގުތެދު ސާފުނުކޮށް އަޅައިނުލާހުރީއެވެ. މިގޮތަށް ހުރުމަށް އެނާގެ ފަރުވާކުޑަކަމަކީ އޭނާއަށް އޮތް ޢުޛުރެއް ނޫނެވެ. އެ ޙާލަތުގައި އޭނާއަކީ ފަރުވާކުޑޮކޮށް އަޅާނުލައި ހުރުމުގެ ސަބަބުން ފާފަވެރިވާނޭ މީހެކެވެ. އޭނާގެ ބެލެނިވެރިކަމުގެ ދަށުގައިވާ އަންހެން ކުއްޖާވެސް އެފަދައިން ފަރުވާކުޑަކޮށްފައިވާނަމަ އޭނާވެސް ހިމެނެނީ އެޙުކުމުގެ ތެރެއިންނެވެ. ނަމަވެސް އެ އަންހެންކުއްޖާގެ މައިންބަފައިންގެ ވާހަކައިގެ އިތުރުން ދީނުގެ އެއްވެސް ޙުކުމެއް އެކުއްޖާއަށް އެނގިފައިނުވާނަމަ، އެކަމުގައި ފާފަވެރިވާނީ އެކުއްޖާގެ ބެލެނިވެރިންނެވެ."

އިސްވެދިޔަ ދަލީލުތަކުން އެނގިކަށަވަރުވަނީ،
ދީނީގޮތުން ކަންއޮތްގޮތް ރަނގަޅަށް އޮޅުން
ނުފިލުވާ ތިބެ ހީވާހާ ގޮތްގޮތަށް ޝަރުޢު ކުރައްވާފައިވާ ކަންކަން ކުރަމުން ގެންދާ
ގެންދިއުމަކީ ދީނީ ހައްދު ފަހަނައެޅުންނޫން އެހެން ކަމެއްނޫންކަމެވެ.
ތަރުބަވީ މަންހަޖުގެ އިހުމާލު
ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމުދީނާއި ބީރައްޓެހި
ގޮތްގޮތަށް ތަރުބަވީ މަންހަޖު ބައްޓަން ކުރެވެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން
ދިނީގޮތުން ހައްދު ފަހަނައަޅާދަނީ މަދެއްކޮށް ނޫނެވެ. ތަރުބަވީ ނިޒާމުގެތެރެއިން
ދަރިންނަށް ރޯލުމޮޑެލުންގެ ގޮތުގައި ދައްކާދެވެނީ އިސްލާމުދީނުގެ ކުލަވެސްނެތް
ޝަޚުޞިއްޔަތުތަކެވެ. ބޮބްމާލީއާއި ބޯއިޖޯޖެވެ. އޭކަންއާއި މެޑޯނާއެވެ. ހިންދީ ސީރީސްތަކާއި
ކާޓޫންތަކެވެ. ނަތީޖާއަކީ ދިވެހި އިސްލާމީ އުންމަތުގެ އިސްލާމީ ޢަޤީދާ
ފުނޑުފުނޑުވެ ބުއްދި ތަޣައްޔަރުވެގެންދިއުމެވެ. ރޯލުމޮޑެލުންގެ ކޮޕީކޮށް އެމީހުން
އުޅޭގޮތަށް އުޅުމެވެ. ﷲގެ ރަސޫލާ މުޙައްމަދު(ޞ) ޙަދީޘް ކުރައްވާފައިވަނީ، " من تشبه بقوم فهو منهم" (أبو داود 34، ހަދީޘް
ނަންބަރ 4031) މާނައަކީ: "ބަޔަކާއި ވައްތަރުވެގެންފި
މީހާ ދަންނައެވެ. ފަހެ އެމީހާވަނީ އެބައެއްގެ ތެރެއިންނެވެ." ރަސޫލު (ޞ)ގެ
މިހަދީޘްފުޅުން އެނގި ހާމަވެގެން ދިޔަ ތެދު ޙަޤީޤަތަކީ، ތަރުބަވީ މަންހަޖުގެ
އިހުމާލުގެ ނަތީޖާއަކީ ދީނީ ގޮތުން ހައްދު ފަހަނައަޅައި ކުފުރާ ދިމާލަށް
މުޖުތަމަޢު ދިޔުންކަމެވެ.