» , » ދަރަވަންދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް: ބޮޑުބެރު ލަވަ

ދަރަވަންދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް: ބޮޑުބެރު ލަވަ

ދަރަވަންދޫ ޞިއްޙީ މަރުކަޒު

24 ގަޑިއިރަށް ޚިދުމަތް ފެށި ރަސްމިއްޔާތަށް

ޚާއްޞަ ކޮށްގެން ތައްޔާރުކުރި 

ބޮޑުބެރު ލަވަ



ރާގު: ކުރެދިފަލުގަ ނުދެވި ފިތިފަ އިން ދެ ކަނބިއްޔޯ

ޅެން: ޢަބްދުﷲ މުޢާޒު ޔޫސުފް


ޢުމުރުދުވަހު ނުވެވިފަ ތިބި        ކަންވެވުނިއްޔޯ

ރަށުބިމުގާ، ގޭދޮށުގާ           ކަންވެވުނިއްޔޯ

އެދިއެދިތިބ ފުރުޞަތު ލިބި      ކަންނިމުނިއްޔޯ

ސައްވީހަށް ޚިދުމަތްދޭ          ގަޑި ހެދުނިއްޔޯ

--------------
ޑޮކްޓަރު ބެލުމާ             އެނދުމަތިކުރުމާ

ނަރުހުން ތިބުމާ            ފަރުވާ ދިނުމާ

ލޯބިން ފިރުމާ             ހޭހަންކުރުމާ

ލިބި ލިބި ހުންނާނޭ

ހުރިހާސްކަން ކެޑުނިއްޔޯ

ކަންވެވުނިއްޔޯ

-----------

ޚިދުމަތްނެތިގެން ތިއްބާ ރޮވިފާ

ސިއްޙީ މަރުކަޒު ފުރިހަމަކޮށްފާ

ސައްވީސްގަޑިޔަށް ޚިދުމަތް ފައްޓާ

ތިބެ އަދު ރަށުގާވެސް ތާކަށްދެން އެހެން ނުގޮސް ވެވެން ފެށިއްޔޯ

--------------
މިކަމާ އުފަލުން މިތިބީ ހެވިފާ

ހިތްތައް އެކުގާ ޝުކުރުން ފުރިފާ

ދަރަވަންދޫއަށް ރަނގަޅެއް ހުރިހާ

މިންވަރު ކުރުވާތޯ އެދިއެދި ތިބެ ކުރާ ދުޢާ އިޖާބަވިއްޔޯ



ރަށުގެ ޚިދުމަތުގާ


ޅެން: ޢަބްދުﷲ މުޢާޛު


ޝުކުރުވެރިވާ ވަރުވެޔޭ   ލިބުނު އުފަލެއްގަ


                އަތާ އަތްގުޅާ ޚިދުމަތުގާ

                އަތާއަތްގުޅާ ޚިދުމަތުގާ، އަބަދު ޚިދުމަތުގާ

                ރަށުގެ ޚިދުމަތުގާ، ވާރޫހުން ލޭގާ


ރަގަޅު ފަރުވާ ދެވެން އޮތީ (ވަރަށްކެރިގެން)


ދެމާ ހިނގާ  ވަރަށް ކެރިގެން


ކުރަން ހިނގާ  ވަރަށް ކެރިގެން



ރަށުގެ ޤަދަރު ހައިބަތު ބޮޑުވެ އުފުލިދާނެ ( ޚިދުމަތްކުރާށެ )


ފަސްނުޖެހި    ޚިދުމަތްކުރާށެ


ތާއަބަދު      ޚިދުމަތްކުރާށެ


ހެޔޮހިތުން     ޚިދުމަތްކުރާށެ    
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved