» , » ޝަރުޠެއްނެތް ތޭރަ ގެވަޅު

ޝަރުޠެއްނެތް ތޭރަ ގެވަޅު


ޝަރުޠެއްނެތް ތޭރަ ގެވަޅު


ދިނުމާ ދެކޮޅަށް ބޭއްވި 


ބޮޑުމުޒާހަރާ ލަވަ





ރާގު: ޤައުމަށްއައި މިނިވަން ނޫރާނީ

ޅެން: ޢަބްދުﷲ މުޢާޛު ޔޫސުފް


ޝަރުޠެއްނެތި ގެވަޅެއްް މިރަށުން އަދު ދިނުމާ ދެކޮޅޭ ހަދަމުން މިދަނީ
                  
            ފަރުދުން ހުރިހާ މިރަށުގެ ގުޅިގެން  އުފުލާ އަޑުތައް އިވެމުން މިދަނީ

ނުކުރޭ ތިގޮތަށް އަތްގަދަ މިބިމަށް ބާރެއް ލިބިފާ އޮތަކަސް ތިޔަހެން
                    
           ޝަކުވާ އުފެދޭ ތިޔަ ތޭރަ ގެވަޅު ދިނުމާ ދެކޮޅޭ ގޮވަމުން މިދަނީ

އެތައްކެއް ފަރުދުން މިރަށުގެ ތިއްބާ ގޯއްޗަށް އެދިގެން ދަތި ހާލެއްގާ
                    
          ހިތަކަށް ތިޔަހެން ބޭރުން ބަޔަކަށް ބިންތައް ދިނުމަށް ދެކޮޅޭ ހަދަނީ

ފަރަގެއް އެބައޮތްހެ ފަލަސްތީނާ މިރަށަށް ތިޔަހެން އަތްގަދަ ކުރުމާ

             ދަރަވަންދޫ އެންމެން ގުޅި އެކުގާ ވަޠަނީޒިންމާ ނަގަމުން މިދަނީ
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved