» , » ޕީޓީއޭގެ ޖަމްބަލް ސޭލް ހުކުރުދުވަހު

ޕީޓީއޭގެ ޖަމްބަލް ސޭލް ހުކުރުދުވަހު


ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ޕީޓީއޭގެ އެކްޓީވީ ކޮމިޓީގެ ފަރާތުން ޖަމްބަލް ސޭލްއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.  މި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2015 މެއި 1 ވަނަ ދުވަހުގެ ބ. އަތޮޅު މަދަރުސާގެ ގޯތި ތެރޭގައެވެ.  ސޭލް ކުރިއަށް ދާނީ ހަވީރު 4 ން 6 އާއި ރޭގަނޑު 8:30 ން 10 އަށެވެ.


މިއީ، ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން މި އަހަރު ކުރިއަށް ގެންދެވޭ ފުރަތަމަ ހަރަކާތެވެ.  މި ސޭލުގައި ތަފާތު ވައްތަރުގެ ތަކެތި ލިބެން ހުންނާނެކަމަށް ބ. އަތޮޅު މަދަރުސާއިން މަޢުލޫމާތުދެއެވެ.



ބ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ ފަރާތުން މި ދިޔަ އަހަރުވެސް ފަންޑަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ކުރިއަށް ގެން ގޮސްފައިވެއެވެ.  އެ ގޮތުން މި ދިޔަ އަހަރު ބޭއްވި މަސައްކަތުދުވަހުން 40 ހާހަށްވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ.

ޕީޓީއޭގެ ފަންޑަށް ލިބޭ ފައިސާއިން ސްކޫލްގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކޮށްދެމުން ގެންދެއެވެ.

މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved